ސިކްސް-އަ-ސައިޑް ޗެލެންޖް 2008: ރާފަޅާ މޮޅުވެ ނެރަވާ ޔުނައިޓެޑް/ ބޮކާރ ސޮކާރ އެއްވަރުވެއްޖެ
July 7, 2008

ސިކްސް-އަ-ސައިޑް ޗެލެންޖް 2008 ގައި އިއްޔެ ދެމެޗް ކުޅެވުނެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރީ ކުރީގެ މަޝްހޫރު ކުޅުންތެރިންތަކެއް ހިމެނޭ ދެޓީމު ކަމަށްވާ ނެރަވާ ޔުނައިޓެޑްއާއި ބޮކާރ ސޮކަރ ކުލަބެވެ. މެޗްފެށުމުގެ ކުރިން ދެޓީމުންވެސް ވަނީ ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. މި ދެޓީމުގައިވެސް ކުރީގެ ތަޖްރިބާކާރު ކުޅުންތެރިންތަކެއް ތިބުމާއެކު ކުޅިބެލުންތެރިންނަށް މި މެޗް ވެގެންދިޔައީ ވަރަށް ފޯރިގަދަ މެޗަކަށެވެ. މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ފެށިގެން ދެޓީމުންވެސް ވަރަށް ވަރުގަދައަށް ކުޅެމުންދިޔައެވެ. މި މެޗްގެ ފޯރި އިތުރުވެގެންދިޔައީ ބޮކަރ ސޮކަރގެ މަޝްހޫރު ކުޅުންތެރިއާ އަޝްރަފު ނެރަވާގެ ގޯލު ފޫއަޅުވާލުމުންނެވެ. މި ގޯލުގެ ސަބަބުން ނެރަވާގެ ކުޅުން އިތުރަށް ވަރުގަދަކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއްޖަހައި އެއްވަރުކުރިއެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ ކުރީގެ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށްވާ ލުތުފީ (ލުއްޑާ) އެވެ. ޚަބަރު ލިބިފައިވާގޮތުން މި ގޯލަކީ 14 އަހަރަށްފަހު މުބާރާތެއްގައި ލުއްޑާ ޖެހި ފުރަތަމަ ގޯލެވެ. ފުރަތަމަ ހާފް 1-1 އެއްވަރުވެގެން ނިމުމުން މެޗްގެ ސްކޯ ނިމިގެންދާނެގޮތް ބެލުމަށްޓަކައި ސަޕޯޓަރުންނަށް އިތުރަށް 30 މިނެޓްގެ އިންތިޒާރެއް ކުރަންޖެހުނެވެ. ފޯރިގަދަ ދެވަނަ ހާފުގެ ކުޅުން ފެށިގެން އިރުކޮޅެއްނުވަނީސް ބޮކާރ ސޮކާރގެ 13 ނަންބަރު ޖާޒީގައި ކުޅުނު މުއްސަދު ގޯލެއްޖަހައި ދެވަނަ ފަހަރަށް މެޗްގެ ލީޑް ހޯދިއެވެ. ނަމަވެސް އޭގެ 15 މިނެޓް ފަހުން ނެރަވާގެ އުނައިސް ގޯލެއްޖަހައި މެޗްގެ ނަތީޖާ ހަމަ ހަމަ ކުރިއެވެ. 2-2 ން އެއްވެރުވެގެން ނިމުނު މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބޮކަރ ސޮކަރގެ ކެޕްޓަން ޖާޒީ ނަމްބަރު 69 އިބްރާހިމް އަޝްރަފު އެވެ.



Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed