ސާފް ޝެމްޕިއަންޝިޕް ތަށި މީދޫއަށް އެރުވުމާއި ދެކޮޅަށް ނުރުހުން ފާޅުކުރަމުން އެބަދޭ

August 3, 2008

އޮގަސްޓް 03، 2008: ހަސަން ޝާހިދު

ސާފް ޗެމްޕިއަންޝިޕް ތަށި މީދޫއަށް އެރުވުމާއި ދެކޮޅަށް ނުރުހުން ފާޅުކޮށް އައްޑު އަތޮޅު އަތޮޅުވެރިޔާއާއި މީދޫގެ އިސް ބޭފުޅުންކޮޅެއް އިއްޔެރޭ ބައްދަލުކޮށްފެިއެވެ. ޝަރީފީ ޕްރީސްކޫލަށް 14 އަހަރު ފުރުމާއި ގުޅިގެން އެ ސްކޫލުން ބޭއްވި ޚާއްސަ ޖަލްސާއަށް ފަހު އެސްކޫލު ކުލާސްރޫމުގައި ބޭއްވި މިބައްދަލުވުމުގައި ރަށުގެ ވަރަށް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުމަކީ ކުރިން ހަމަޖެހިގެން ބޭއްވުނު ބައްދަލުވުމެއް ނޫނެވެ. މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންވެސް ވަނީ މީދޫއަށް ސާފު ޗެމްޕިއަންޝިޕް ތަށި އެރުވުމާއި ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. ޚާއްސަކޮށް ތަށި ހިފައިގެން މިކުރާ ދަތުރަކީ ސިޔާސީ ބޭނުމަކަށްޓަކައި ޑީ.އާރު.ޕީން ކުރާ ދަތުރެއްކަމަށް ބުނެ އެކަން ހުއްޓުވުމަށް އަތޮޅުވެރިޔާއަށް ދެންނެވިއެވެ. މިކަމަށް ރައްދު ދެއްވަމުން އަތޮޅުވެރިޔާ ވިދާޅުވީ އެކަމަކީ ސަރުކާރުން ކުރާ ކަމެއްކަމަށާއި އަތޮޅު އޮފީހާއި ގުޅުން އޮތްކަމެއް ނޫންކަމުގައެވެ. އެހެން ކަމުން އެދަތުރު ހުއްޓުވުމަކީ އަތޮޅު އޮފީހުން ކުރެވޭނެ ކަމެއް ނޫންކަމުގައި އަތޮޅުވެރިޔާ ވިދާޅުވިއެވެ.

ތަށި ހިފައިގެން އަތޮޅުތަކަށް މިކުރާ ދަތުރުގެ މަގްސަދަކީ ކޮބައިތޯ އަތޮޅުވެރިޔާ އާއި މީދޫ ވީކްލީގެ ރިޕޯޓަރު ސުވާލުކުރުމުން ވިދާޅުވީ ޓީ.ވީ.އެމް އިން ކުރި އެސް.އެމް.އެސް ސާވޭ އަކުން 85% ބޭފުޅުން (އެސް.އެމް.އެސް) ބޭނުންވަނީ ތަށީގައި ބީހިލުމުގެ ހައްގަކީ ރާއްޖެތެރޭ މީހުންނަށްވެސް އޮތް ހައްގެއް ކަމަށް ފެންނާތީވެ، ކުރާ ދަތުރެއްކަމަށެވެ.

ރާއްޖެތެރޭގެ މީހުންނަށް ލިބެންޖެހޭ ގިނަ ގުނަ ހައްގުތަކެއް ފޯރުކޮށް ދެވިފައި ނުވާއިރު ހަމައެކަނި ތަށީގައި އަތްލުމުގެ ހައްގު ހޯއްދަވައި ދެއްވަން ޓީ.ވީ.އެމުން ކުރި ސާވޭއަކަށް ބައްލައިގެން މިކުރާ ދަތުރުގެ ހަގީގީ މަގްސަދާއި މެދު ސުވާލު އުފެދެއެވެ. އަތޮޅުތަކުގެ ރައްޔިތުންނަށް އުނިވެގެން އުޅެނީ ހަމައެކަނި ތަށީގައި ބީހިލުމުގެ ހައްގެއް ނޫނެވެ. ސާފު ބޯފެން ލިބުމުގެ ހައްގަކީވެސް ހަމަ އެކަނި މާލޭގައި ދިރިއުޅޭ މީހުންނަށް ލިބިދޭންޖެހޭ ހައްގެއް ނޫނެވެ. ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމަކީ އަތޮޅުތަކުގެ ރައްޔިތުންނަށްވެސް ލިބިދޭންޖެހޭ ހައްގެކެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަތޮޅުތަކާއި މާލޭގެ ތަފާތު ކުޑަކުރުމަށް ފެންނަނީ ކިތައް މީހުންނަށްތޯ ބެލުމަށް ސާވޭ ކުރަން ޓީ.ވީ.އެމް އަށް ނޭގެނީ ކީއްވެގެން ހެއްޔެވެ؟

މީދޫއަށް ތަށި އެރުވުމާއި ބެހޭގޮތުން ކުރިން ބޭއްވި ބައްދަލުވުމެއްގެ ޚަބަރުގައި ކަތީބު އަބުދުﷲ ރަޝީދު ވިދާޅުވިކަމަށް ލިޔެފައިވާ ވާހަކަ ގެނެސްދެވިފައިވަނީ މުޅިން ރަނގަޅަށް ނޫންކަމަށް ބުނެ އިއްޔެ ހަވީރު އަބްދުﷲ ރަޝީދު ވަނީ މީދޫ ވީކްލީއަށް އެ ވާހަކަ އިތުރަށް ތަފްސީލުކޮށްދެއްވާފައެވެ. ރަޝީދު ވިދާޅުވީ ތަށި ރަށަށް އެރުވުމަށްފަހު ހިނގާފާނެ ހަމަނުޖެހުމެއް ހުއްޓުވަން އުދަގޫވާނެ ކަމަށާއި އެހެންކަމު އެފަދަ ހަމަނުޖެހުމަކަށް ނުދިއުމަށްޓަކައި ރަށަށް ތަށި ނުގެނެސް ވޭތޯ މަސައްކަތް ކުރުމަކީ މުހިއްމުކަމެއް ކަމުގައެވެ.

މާދަމާ މިއަތޮޅަށް ސާފް ޗެމްޕިއަންޝިޕް ތަށި އަންނައިރު މި ތަށި މީދޫއަށް ނުގެނައުމަށް އެދި ރަށުގެ އެކި ފަރާތްތަކުން ފޮނުވާފައިވާ މެސެޖްތައް މީދޫ ވީކްލީއަށް ވަނީ ލިބިފައެވެ. ނޫހަށް އެއްމެ ފަހު ލިބުނު މެސެޖްގައި ޝިހާމު ކިޔާ ބޭފުޅަކު ބުނެފައިވަނީ “މީދޫއަށް ތަށި އެއްވެސް ހާލާކި އެރުވިގެން ނިވޭހެއް. އެކަމާއި ކަނޑައެޅިގެން މަ ދެކެޑެ” މިހެންނެވެ.

Entry Filed under: އަހަރެމެން, ޚަބަރު. .

1 Comment Add your own

  • 1. St Raafalhaa  |  August 4, 2008 at 5:14 am

    Meedhoo ah thashi eruvumakee maas ruhey kamah nun.

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


Meedhoo Live

Reliable $1 Web Hosting by 3iX Sign up for DriveHQ.com.

RSS Meedhoo Live

އެއްމެފަހުގެ ލިޔުންތައް

އެއްމެ މަގުބޫލު

މެހުމާނުންގެ ޚިޔާލުތައް

ލިޔުންތަކުގެ އަރުޝީފު

Calendar

August 2008
M T W T F S S
« Jul   Sep »
 123
45678910
11121314151617
18192021222324
25262728293031
Sign up for DriveHQ.com.