އައުމަގެއް ހެދުމުގެ މަސައްކަތް
August 3, 2008
އޮގަސްޓް 03 ، 2008: އައި.އެސް.އޭ
މީދޫ ހައިއެނާޖީގެ ހުޅަގުން 30 ފޫޓް ފުޅާ 2200 ފޫޓް ދިގުމަގެއް ހެދުމުގެ މަސައްކަތް މިހާރު ހިގަމުން އެބަދެއެވެ. މީދޫ އޮފީހުގެ އެދުމުގެ މަތިން މިމަސައްކަތް ކޮށްދެނީ ހަނދުފުށީ ރިސޯޓުން ފޮނުވި ހައިމާކަކުން އެރަށުގެ މުވައްޒަފުންނެވެ.
މީދޫ އޮފީސް ހިންގުމާ ހަވާލްވެ ހުންނެވި އަލްފާޟިލް އަބްދުﷲ ރަޝީދު މިމަސައްކަތާއި ބެހޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބް ދެއްވަމުން ވިދާޅުވީ މިމަސައްކަތުގައި މިހާރު ކުރެވެމުންދަނީ އެމަގުގެ ސަރަހައްދުގައިވާ ރުއްތައް ނެގުމުގެ މަސައްކަތްކަމުގައެވެ. ރުއްތައް ނަގާ ނިމިގެން މަގުސާފްކޮށް ފަސްގަޑު ލެވެލްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށާ އަދި މިމަގުގެ މަސައްކަތް ނިމުމުން މީދޫ އަރުބެ ސަރަހައްދުން އަލަށް ގޯތިދީފައިވާ ސަރަހައްދުތަކުގެ މަގުތައްވެސް ހަނދުފުށީ ރިސޯޓުން ހަދައި ދިނުމަށް ހަމަޖެހިފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ. މިމަސައްކަތް ހަދުފުށީ ރިސޯޓުން ކޮށްދެމުންދަނީ ކޮން އުސޫލަކުންތޯ ރަޝީދަށް ދެންނެވުމުން ވިދާޅުވީ މިމަސައްކަތް ހަނދުފުށިން ކޮށްދެނީ މީދޫ އޮފީހުން އެކަމަށް އެދުމުން އެއްވެސް އަގެއް ނަގާ އުސޫލަކުން ނޫންކަމަށާ އެހެން ނަމަވެސް މަގުހަދާ ސަރަހައްދުން ނަގާލާ ރުއްތަކުގެ ތެރެއިން އިންދަން ކަމުދާ ރުއްތައް އެރިސޯޓުގައި އިންދުމަށް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އަލަށް މިހަދާ މަގުހަދައި ނިމުމުން ހައި އެނާޖީކާރިންގޮސް އިންޖީނުގެއާ ހަމައަށް ދެވޭނެ ދިގު މަގެއް އޮންނާނެއެވެ.
Entry Filed under: ޚަބަރު. .




Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed