މިއަދު ސާފް ޗެމްޕިއަންޝިޕް ތަށީގެ ޚަބަރެއްނުވި
August 4, 2008
އޮގަސްޓް 03، 2008: ހަސަން ޝާހިދު
އެއްމެ ފަހުން އަޕްޑޭޓްކުރެވުނީ 17:05 ގައި
މިއަދު ހަވީރު ހަތަރެއް ޖަހާއިރު ހުޅުދޫ / މީދޫއަށް ސާފް ޗެމްޕިއަންޝިޕް ތަށި ގެންނަގޮތައް ހަމަޖެހިފައިވީނަމަވެސް އަދި މިހާތަނަށް، ތަށީގެ އެއްވެސް ޚަބަރެއް މި ދެރަށަށް ލިބިފައި ނުވުމާއެކު މީދޫ ވީކްލީއިން ގެނެސްދިން ލައިވް-އަޕްޑޭޓް މިހިސާބުން ނިމުނީއެވެ. ނަމަވެސް މީދޫ އަށް ތަށިގެންނަ ރަސްމިއްޔާތުގެ ޚަބަރުތައް އަޅުގަޑުމެންނަށް ލިބުނު ވަރަކުން ގެނެސްދޭނަމެވެ.
03:57 ސާފް ޗެމްޕިއަން ތަށި ގެންނަ ލޯންޗް އަދި ހުޅުދޫ ބަނދަރަށް ނުވަންނަކަމަށް ހުޅުދޫ ޖެޓީގައި ހުންނެވި މީދޫ ވީކްލީގެ ރިޕޯޓަރު މައުލޫމާތު ދެއްވާ.
ފަސްވަނަ ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިވެހިރާއްޖޭގެ ޤައުމީ ޓީމު ކާމިޔާބު ކުރުމާއިގުޅިގެން އެ ތަށި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގެންދާނެކަމަށްބުނެ ރައީސް މައުމޫނު ވެފައިވާ ވަޢުދު ފުއްދުމުގެ ގޮތުން މިއަދު ހަވީރު 4 ޖަހާއިރު ހުޅުދޫ، މީދޫއަށް ތަށި އަރުވަން އުޅޭ ކަމުގެ ޚަބަރު ލިބިއްޖެ. ތަށި ފުރަތަމަ އަރުވަން ހަމަޖެހިފައިވަނީ ހުޅުދޫއަށް ކަމަށްވެސް މީދޫ ވީކްލީއަށް ވަނީ ޚަބަރު ލިބިފައެވެ. މިކަން އިތުރަށް ސާފުކުރުމަށް ހުޅުދޫ އޮފީހަށް ގުޅުމުން މިކަމާއިގުޅޭ އެއްވެސް މައުލޫމާތެއް ދިނުމަށްވަނީ އުޒުރުވެރިވެފައެވެ.
ސާފް ޗެމްޕިއަންޝިޕް ތަށި ހިފައިގެން ރާއްޖޭގެ ހުރިހާ ރަށްތަކަށް ކުރާ ދަތުރު ފެށިފައިވަނީ މިދިޔަ މަހު އެއްވަނަ ދުވަހުގައެވެ. ހ.އ އުތީމުން ފެށި މިދަތުރުގައި މިހާތަނަށް 22 ރަށަކުން ވަނީ ތަށި އެރުވިޔަ ނުދީ ފޮނުވާލާފައެވެ. އެއްމެ ފަހުން މިތަށި އެރުވިޔަ ނުދީ ފޮނުވާލާފައިވަނީ ގދ.ގައްދޫ އާއި ވާދޫގެ ރައްޔިތުންނެވެ.
ސާފް ޗެމްޕިއަން ތަށި މީދޫއަށް ގެންނަ ރަސްމިއްޔާތުގެ އެއްމެ ފަހުގެ ޚަބަރުތައް މީދޫ ވީކްލީއިން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.
Entry Filed under: ޚަބަރު. .



Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed