ބޭރު ޓީޗަރެއްގެ ފިރިމީހާ ހުޅުދޫ ސްކޫލް ކުދީންނާ ބެހެމުންދާކަން ފަޅާއަރައިފި
August 6, 2008
އޮގަސްޓް 06، 2008: އައި.އެސް.އޭ
ހުޅުދޫ ސްކޫލްގައި ކިޔަވައިދެމުން ގެންދާ ވަސަންތާ ނަމަކަށްކިޔާ އިންޑިޔާ އަންހެން ޓީޗަރުގެ ފިރިމީހާ އެމީހުން އުޅޭ ގެ ހުޅުދޫ ދެތަޑިމާގެއަށް ޓިއުޝަނަށްދާ އަންހެން ކުދިންނާ ބެހި، ބަދުއަޚުލާގީ އަމަލުތަކެއް ހިންގަން މަސައްކަތް ކޮށްފައިވާކަން އެގެއަށް ޓިއުޝަނަށްދާ ބައެއް ކުދީންގެ ފަރާތުން އެނގިގެން ހުޅުދޫގެ ވަރަށްގިނަ ބަޔަކު އިއްޔެހަވީރު އިރުއޮއްސެނިކޮށް ހުޅުދޫ ސްކޫލްދޮށަށް އެއްވެ އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.
މި މީހާ އެގެއަށް ޓިއުޝަނަށްދާ ކުދީންނާ ބެހޭތާ މިހާރުދުވަސްތަކެއް ވެފައިވާކަމަށް ހުޅުދޫ ސްކޫލް ދޮށަށް އެވަގުތު އެއްވެފައިތިބި މީހުންގެ ތެރެއިން ބައެއްމީހުން ބުނަމުން ދިޔައެވެ. މިކަމާބެހޭގޮތުން ވާހަކަ ދެއްކި ހުޅުދޫ ސްކޫލްގެ ބެލެނިވެރިއަކު މިނޫހަށް މައުލޫމާތު ދެމުންބުނީ ސްކޫލުން އެމައްސަލަ ބެލި ސްޕަވައިޒަރ ބުނެފައިވާގޮތުގައި އެގެއަށް ޓިއުޝަނަށްދާ ވަރަށްގިނަ ކުދީންނާ އޭނާ އެކިގޮތްގޮތަށް ބެހި ފާޑު ފާޑުގެ ފޮޓޯ ދައްކާފައިވާކަމަށް ކުދީން ސްކޫލްގައި ބުނެފައިވާ ކަމަށެވެ.
މިކަމާއި ބެހޭގޮތުން އިތުރަށް މައުލޫމާތު އޮޅުން ފިލުވުމަށް ހުޅުދޫ ސްކޫލްގެ ހެޑްމާސްޓަރ އަފީފުއަށް ގުޅުމުން އަފީފު ވިދާޅުވީ ތި މައްސަލަ ސްކޫލުން ބެއްލެވީ ސްޕައިޒަރ ހައްވާ ޒާހިރާ ކަމަށެވެ. ހައްވާ ޒާހިރާއަށް ގުޅުމުން ވިދާޅުވީ ތި މައްސަލައާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް ދެވެން ނެތްކަމަށާއި، އަފީފު އެހެން ވިދާޅުވިޔަސް ތިމަަަންނަ ތިމައްސައްލަ ނުބަލާ ކަމަށެވެ. އަދި އިތުރަށް ވިދާޅީ އެ މައްސަލަ ބަލައިދިނުމަށް އެދި މިހާރުވަނީ ހުޅުމީދޫ ޕޮލިހާއި ހަވާލްކޮށްފައިވާކަމަށެވެ.
މިމައްސަލައާއި ބެހޭގޮތުން ރޭ 09:21 ގައި ޕޮލިހަށް ގުޅުމުން ފޯނުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވީ އެ މައްސަލަ ބަލަމުންދާތީ އިތުރު މައުލޫމާތު ދެވެން ނެތްކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިމައްސްލާގައި ޕޮލިސް ސްޓޭޝަނަށް ގެންދިޔަ މީހާ ރޭ 10.30 ހާއިރު ޕޮލިސް ލޯންޗްގައި ހުޅުދުންވަނީ ފުރުވާލާފައެވެ. އޭނާ ފުރުވާލުމަށްޓަކާ ހުޅުދޫ ބަނދަރަށް ގެންދިޔަފަހުން އޭނައަށް ހަމަލާދީގެން ހުޅުދޫ އިރަމާގޭ އަހުމަދު ޒިއާން ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.
Entry Filed under: ޚަބަރު. .



Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed