Posts filed under 'އަހަރެމެން'
ހެލްޕް ޓު އައިޝާ
އޮގަސްޓް 05، 2008: ހަސަން ޝާހިދު
މި މައުސޫމު ކުއްޖާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާށެވެ
ގުދުރަތުގެ ނިޔާ ތަގްދީރު ކުރިގޮތުން މިއަދު އައިޝާވަނީ އަޅުގަޑުމެން އެއްމެންގެ އެހީތެރިކަން ނިހާޔަތައް ބޭނުންވެފައެވެ. އެ މައުސޫމު ތުއްތު ކުއްޖާ އަޅުގަޑުމެންނާއި ދުރުގައި، އިންޑިއާގެ ޓްރެވިންޑްރަމްގެ އާރު.ސީ.ސީ ގެ ބަލި އެނދުގައި ދުވަސްތައް ގުނަމުން އެގެންދަނީ އަޅުގަޑުމެންގެ އެހީތެރިކަމަށް އެދެމުންނެވެ. އައިޝާއަކީ ހަމަ އަޅުގަޑުމެންފަދަ އިންސާނެކެވެ. ހަމަ މި މީދޫ އެދަރިއަކަށްޓަކައި ފަޚްރުވެރިވާ ދަރިއެކެވެ. ހަމަ އެކަނި ތަފާތަކީ އައިޝާއަކީ ކެންސަރާއި ހަނގުރާމަކުރަމުންދާ އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކަށް ވީކަމެވެ.
ޓްރެވިންޑްރަމްގެ ރީޖަނަލް ކެންސަރ ސެންޓަރުން އައިޝާއަށް 4 އަހަރުވަންދެން ފަރުވާ ދިނުމަށްފަހު އެސްންޓަރުން މިހާރު ލަފާދީފައިވަނީ ވެއްލޫރަށް އައިޝާ ގެންދިއުމަށެވެ. ނަމަވެސް މިކަމަށް ވަރަށްގިނަ އަދަދެއްގެ ފައިސާ ބޭނުންވާތީ މިކަމުގައި އަޅުގަޑުމެން އެއްމެންގެ އެހީތެރިކަން ބޭނުންވެއެވެ. ބަލި އެނދުގައި ދުވަސްތައް ގުނަމުން ދިޔަކަމުގައިވިޔަސް މި މައުސޫމު ކުއްޖާގެ ހިތުގައިވެސް އުއްމީދުގެ ވިންދު ޖަހާނެއެވެ. އެހެންކަމުން މިއުއްމީދު އިތުރަށް އާކޮށް ދިނުމުގެ ގޮތުން މީދޫ ވީކްލީއާއި Oº°‘¨§•Mêëðhøø¨‘°ºO ފޭސްބުކް ގްރޫޕުން މިފަށާ މަސައްކަތުގައި އައިޝާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާށެވެ. ތިޔަފަރާތުން ވެދެއްވާ އެއްމެ ރުފިޔާއަކީވެސް އައިޝާއަށް ޓަކައި ދެވޭ ދީލަތި އެހީއެކެވެ. އިންސާނިއްޔަތައްޓަކައި މިފަދަ ބަލި ކުދިންނަށް އެހީތެރިވެދިނުމަކީ އުފަލަކަށް ހަދައްވާށެވެ.
1 comment August 5, 2008
ސާފް ޝެމްޕިއަންޝިޕް ތަށި މީދޫއަށް އެރުވުމާއި ދެކޮޅަށް ނުރުހުން ފާޅުކުރަމުން އެބަދޭ
އޮގަސްޓް 03، 2008: ހަސަން ޝާހިދު
ސާފް ޗެމްޕިއަންޝިޕް ތަށި މީދޫއަށް އެރުވުމާއި ދެކޮޅަށް ނުރުހުން ފާޅުކޮށް އައްޑު އަތޮޅު އަތޮޅުވެރިޔާއާއި މީދޫގެ އިސް ބޭފުޅުންކޮޅެއް އިއްޔެރޭ ބައްދަލުކޮށްފެިއެވެ. ޝަރީފީ ޕްރީސްކޫލަށް 14 އަހަރު ފުރުމާއި ގުޅިގެން އެ ސްކޫލުން ބޭއްވި ޚާއްސަ ޖަލްސާއަށް ފަހު އެސްކޫލު ކުލާސްރޫމުގައި ބޭއްވި މިބައްދަލުވުމުގައި ރަށުގެ ވަރަށް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުމަކީ ކުރިން ހަމަޖެހިގެން ބޭއްވުނު ބައްދަލުވުމެއް ނޫނެވެ. މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންވެސް ވަނީ މީދޫއަށް ސާފު ޗެމްޕިއަންޝިޕް ތަށި އެރުވުމާއި ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. ޚާއްސަކޮށް ތަށި ހިފައިގެން މިކުރާ ދަތުރަކީ ސިޔާސީ ބޭނުމަކަށްޓަކައި ޑީ.އާރު.ޕީން ކުރާ ދަތުރެއްކަމަށް ބުނެ އެކަން ހުއްޓުވުމަށް އަތޮޅުވެރިޔާއަށް ދެންނެވިއެވެ. މިކަމަށް ރައްދު ދެއްވަމުން އަތޮޅުވެރިޔާ ވިދާޅުވީ އެކަމަކީ ސަރުކާރުން ކުރާ ކަމެއްކަމަށާއި އަތޮޅު އޮފީހާއި ގުޅުން އޮތްކަމެއް ނޫންކަމުގައެވެ. އެހެން ކަމުން އެދަތުރު ހުއްޓުވުމަކީ އަތޮޅު އޮފީހުން ކުރެވޭނެ ކަމެއް ނޫންކަމުގައި އަތޮޅުވެރިޔާ ވިދާޅުވިއެވެ.
ތަށި ހިފައިގެން އަތޮޅުތަކަށް މިކުރާ ދަތުރުގެ މަގްސަދަކީ ކޮބައިތޯ އަތޮޅުވެރިޔާ އާއި މީދޫ ވީކްލީގެ ރިޕޯޓަރު ސުވާލުކުރުމުން ވިދާޅުވީ ޓީ.ވީ.އެމް އިން ކުރި އެސް.އެމް.އެސް ސާވޭ އަކުން 85% ބޭފުޅުން (އެސް.އެމް.އެސް) ބޭނުންވަނީ ތަށީގައި ބީހިލުމުގެ ހައްގަކީ ރާއްޖެތެރޭ މީހުންނަށްވެސް އޮތް ހައްގެއް ކަމަށް ފެންނާތީވެ، ކުރާ ދަތުރެއްކަމަށެވެ.
ރާއްޖެތެރޭގެ މީހުންނަށް ލިބެންޖެހޭ ގިނަ ގުނަ ހައްގުތަކެއް ފޯރުކޮށް ދެވިފައި ނުވާއިރު ހަމައެކަނި ތަށީގައި އަތްލުމުގެ ހައްގު ހޯއްދަވައި ދެއްވަން ޓީ.ވީ.އެމުން ކުރި ސާވޭއަކަށް ބައްލައިގެން މިކުރާ ދަތުރުގެ ހަގީގީ މަގްސަދާއި މެދު ސުވާލު އުފެދެއެވެ. އަތޮޅުތަކުގެ ރައްޔިތުންނަށް އުނިވެގެން އުޅެނީ ހަމައެކަނި ތަށީގައި ބީހިލުމުގެ ހައްގެއް ނޫނެވެ. ސާފު ބޯފެން ލިބުމުގެ ހައްގަކީވެސް ހަމަ އެކަނި މާލޭގައި ދިރިއުޅޭ މީހުންނަށް ލިބިދޭންޖެހޭ ހައްގެއް ނޫނެވެ. ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމަކީ އަތޮޅުތަކުގެ ރައްޔިތުންނަށްވެސް ލިބިދޭންޖެހޭ ހައްގެކެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަތޮޅުތަކާއި މާލޭގެ ތަފާތު ކުޑަކުރުމަށް ފެންނަނީ ކިތައް މީހުންނަށްތޯ ބެލުމަށް ސާވޭ ކުރަން ޓީ.ވީ.އެމް އަށް ނޭގެނީ ކީއްވެގެން ހެއްޔެވެ؟
މީދޫއަށް ތަށި އެރުވުމާއި ބެހޭގޮތުން ކުރިން ބޭއްވި ބައްދަލުވުމެއްގެ ޚަބަރުގައި ކަތީބު އަބުދުﷲ ރަޝީދު ވިދާޅުވިކަމަށް ލިޔެފައިވާ ވާހަކަ ގެނެސްދެވިފައިވަނީ މުޅިން ރަނގަޅަށް ނޫންކަމަށް ބުނެ އިއްޔެ ހަވީރު އަބްދުﷲ ރަޝީދު ވަނީ މީދޫ ވީކްލީއަށް އެ ވާހަކަ އިތުރަށް ތަފްސީލުކޮށްދެއްވާފައެވެ. ރަޝީދު ވިދާޅުވީ ތަށި ރަށަށް އެރުވުމަށްފަހު ހިނގާފާނެ ހަމަނުޖެހުމެއް ހުއްޓުވަން އުދަގޫވާނެ ކަމަށާއި އެހެންކަމު އެފަދަ ހަމަނުޖެހުމަކަށް ނުދިއުމަށްޓަކައި ރަށަށް ތަށި ނުގެނެސް ވޭތޯ މަސައްކަތް ކުރުމަކީ މުހިއްމުކަމެއް ކަމުގައެވެ.
މާދަމާ މިއަތޮޅަށް ސާފް ޗެމްޕިއަންޝިޕް ތަށި އަންނައިރު މި ތަށި މީދޫއަށް ނުގެނައުމަށް އެދި ރަށުގެ އެކި ފަރާތްތަކުން ފޮނުވާފައިވާ މެސެޖްތައް މީދޫ ވީކްލީއަށް ވަނީ ލިބިފައެވެ. ނޫހަށް އެއްމެ ފަހު ލިބުނު މެސެޖްގައި ޝިހާމު ކިޔާ ބޭފުޅަކު ބުނެފައިވަނީ “މީދޫއަށް ތަށި އެއްވެސް ހާލާކި އެރުވިގެން ނިވޭހެއް. އެކަމާއި ކަނޑައެޅިގެން މަ ދެކެޑެ” މިހެންނެވެ.
1 comment August 3, 2008
ދިވެއްސެއްގެ އާދަޔާޚިލާފު ވިސްނުނ
އޮގަސްޓް 03 ، 2008: ލިންކް ރޯޑް.ނެޓް
އޭނާ ބޭނުންވަނީ އީކްއޭޝަނެއް ބޭނުންކޮށްގެން ދުނިޔޭގައިވާ ހުރިހާއެއްޗަކާއި އޭގެ ހަރަކާތްތައް ސިފަކޮށްދޭން
ރާއްޖޭގައި ޤާބިލް، ތަޢުލީމީ ޒުވާނުން މިއަދު ވަރަށްވެސް ގިނައެވެ. އެކިފަންނުގެ ތަފާތު ދާއިރާތަކުން ޕީ.އެޗް.ޑީ ޙާސިލް ކުރައްވާފައިވާ ތަފާތު ގިނަބޭފުޅުން ތިބިނަމަވެސް އެބޭފުޅުންގެ ޚިދުމަތް އެންމެފުރިހަމަ ގޮތުގައި، ސަރުކާރުން ހިފަމުންދާތަނެއް ފެންނަމުންނެއް ނުދެއެވެ. ކޮންމެ ބޭފުޅަކާވެސް ވަޒީފާއެއް ޙަވާލުކުރެވެނީ، އެބޭފުޅަކު ކިޔަވާވިދާޅުވި ދާއިރާނޫން، ކޮންމެވެސް އެހެންކަމެއްގައި މުޅިން ތަފާތު ދާއިރާއެއްގައެވެ. ތިމާވެއްޓާބެހޭ ވުޒާރާގައި ވަޒީފާއަދާކުރެއްވުމަށްފަހު ޕީ.އެޗް.ޑީ ހައްދަވައިގެން ވަޑައިގަތުމުން ޑރ. މުޙައްމަދު ޢަލީ މ. ޕެނަމާގެއަށް ވަޒީފާ ލިބިވަޑައިގަތީ ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ އިންނެވެ. މިއަދުގެ ސަރުކާރުގެ ބޭނުމަކަށްވަނީ، ތަޢުލީމީ ޒުވާނުން ޑިމޯޓިވޭޓްކޮށް އެބޭފުޅުން މާޔޫސްކޮށްލުމެވެ.
Add comment August 3, 2008
ޓީޗާރސް، ޕޭރެންޓްސް، ސްޓޫޑެންޓްސް ބްލޮގަށް މަރުހަބާ
ހުޅުދޫ، މީދޫގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން އަދި މުދައްރިސުން މިހާރަށްވުރެ ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ވެބް ބްލޮގެއް ތަޢާރަފް ކޮށްފިއެވެ. މި ބްލޮގްގައިވާ ގޮތުން ބެލެނިވެރިންނާއި ޓީޗަރުން އަދި ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ލިޔާ ލިޔުންތަކަށް އެ ބްލޮގުން މަރުހަބާކިޔާނެވެ.
ޓީޗާރސް، ޕޭރެންޓްސް، ސްޓޫޑެންޓްސް ބްލޮގް ލޯންޗް ކޮށްފައިވަނީ 23 ޖުލައި 2008 ގައެވެ. މިއީ ސްކޫލު ދަރިވަރުންނަށާއި ބެލެނިވެރިން އަދި ޓީޗަރުންނާއި ގުޅޭ ޚަބަރުތައް ގެނެސްދިނުމަށް މި ދެރަށުގައި އުފެއްދި ފުރަތަމަ ވެބް ބްލޮގެވެ. ނަމަވެސް މި ބްލޮގު އުފައްދައި އަޕްޑޭޓް ކުރަނީ ކޮންފަރާތަކުން ކަމެއް މީދޫ ވީކްލީއަށް އެނގިފައިނުވެއެވެ. އަދި އެ ބްލޮގުން އެފަދަ މައުލޫމާތެއް ހާމަކޮށްފައިވެސް ނުވެއެވެ. މީދޫ ވީކްލީއިން އެދެނީ މިފަދަ ބްލޮގުތަކުން މައުލޫމާތު ފެތުރުމުގައި އެއްވެސްފަރާތެއްގެ ނުފޫޒު ދަށުނުވެ، ހަމަ ހަމަކަމާއެކު އަދުލު އިންސާފުން އެއްކިބާނުވެ އާއްމުންނަށް ޚަބަރުތައް ގެނެސްދިނުމެވެ.
ޓީޗާރސް، ޕޭރެންޓްސް، ސްޓޫޑެންޓްސް ބްލޮގުގެ އެޑްރެހަކީ http://teachersparentsstudents.blogspot.com އެވެ.
Add comment July 31, 2008
އާވެރިންގެ ޓީމެއް މީދޫއަށް ބޭނުމެވެ
މީދޫ ވެރިންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންގެ ބަދަލުގައި އާ ވެރިންގެ ޓީމެއް މީދުއަށް ބޭނުންވެއެވެ. މިއީ އެއްގޮތަކަށްވެސް އެބޭފުޅުންނަށް ދަންނަވާ ޒާތީ ބަހެއްކަމުގައި ދެކެވަޑައި ނުގެންނެވުން އެދެމެވެ.
މީދޫ ވެރިންގެ ޓީމަށް ގެންނަންވީ ބަދަލަކީ ޒުވާން ތަޢުލީމީ ކެރޭ ވެރިން ވެރިކަމަށް ގެނައުމެވެ.ރާއްޖެއަށް މިއަންނަ ބަދަލުތައް ދަންނަ ހޭލުންތެރި ބަޔަކަށް ވެރިކަން ހަވާލުކުރުމެވެ. ރައްޔިތުންގެ ނަމުގައި ކެރިގެން ކުރިއަށް ދާންކެރޭ ބަޔަކަށް ވެރިކަން ދިނުމެވެ. ކޮންމެ ކަމެއްގައިވެސް ކުރިއަށް ދެވޭނީ އެބައެއްގެ ހޭލުންތެރިކަން ހުރި މިންވަރަކުންނެވެ. މީދޫގެ ތަރައްޤީއަށް އިތުރަށް ބޭނުންވާ ކަންތައްތައް ކުރުމަށް މިހާރަށްވުރެ ހަރަކާތްތެރި މިހާރަށްވުރެ އަވަސް ފިޔަވަޅުތައްއެޅޭ މިހާރަށްވުރެ ތަޢުލީމީ މިހާރަށްވުރެ ކެރޭ ވެރިންގެ ޓީމެއް ބޭނުންވެއެވެ.
ރަށްރަށުގެ ވެރިންނަކީވެސް އާ ގާނޫނު އަސާސީގެ ދަށުން އިންތިޚާބު ކުރެވޭ ބަޔަކަށް ވާނެކަމަށް ރޭޑިޔޯ އިންނާއި ޓީވީން އެބަގޮވައެވެ. އެދުވަސް އައިސްގެން މިހާރު މީދޫގައި ވެރިކަންކުރާ ބޭފުޅުންނަށް ރައްޔިތުންގެ އިތުބާރުނެތިގެން ވެރިކަމުން ދުރުވެވަޑައިގެންނެވުމަށް ޖެހުމަކީ ތިޔަ ބޭފުޅުންނަށްވެސް ލިބިވަޑައިގަންނަވާނެ ދެރައެކެވެ.
ރާއްޖޭގައި މިހާރު މިއޮތް ސިސްޓަމުގެ ތެރޭގައި ރަށްރަށުގެ ވެރިންނަކީ މާބޮޑު ބާރުތަކެއް އޮތް ބައެއް ނޫނެވެ. އެޓޯލްސް މިނިސްޓްރީ އާއި އަތޮޅު އޮފީހުން ލަފާދެއްވާ ގޮތަކަށް ކަންތައްތައް ކުރައްވަން ޖެހިވަޑައިގަންނަވާ ކަހަލަ ގޮތަކަށް ތިއްބެވި ބޭފުޅުންނެވެ. އަމިއްލަ އިޚްތިޔާރުތައް ވަރަށް ކުޑައެވެ. މި ކަހަލަ ސިސްޓަމެއްގެ ތެރެއިން އާ ސިސްޓަމަކަށް ނިކުންނައިރު ޒުވާން ޓީމަކަށް ވެރިކަން ބަދަލުވުމަކީ އަޅުގަނޑުގެ ޑްރީމެކެވެ. ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެރިންނާބެހޭގޮތުން ދެކެވޭ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް މީދޫ ވެރިންނާމެދު ވެސް ކިޔޭ އަޑު އިވެ އެވެ.މިކަމުގެ ސަބަބުން ރަށުގެ ކުރިއެރުމަށް ހުރަސްތައް ކުރިމަތިވާ ކަމަށް އަޑުއިވެއެވެ.މީދޫ މިހާރުއޮތް ގޮތަކީ މީގެ މިސާލެކެވެ.
މީދޫ ވެރިންގެ އެންމެ ބޮޑު ފޭލިއާ ކަމަށް އަޅުގަނޑު ދެކެނީ ގުޅިގެން މަސައްކަތް ކުރުމުގެ ވައްޓަފާޅި ނެތުމެވެ. ޒުވާނުންނާއި ވެރިންނާއި އޮންނަންވީ ގުޅުން ކުޑަވުމެވެ. އަތޮޅު އޮފީހާ ސްކޫލާއި އަދިވެސް މީދޫގައި ހުރި އެހެން މުއައްސަސާތަކާ އޮންނަންވީ ގުޅުން ކުޑަވުމެވެ. އަތޮޅު ތަމުސީލު ކުރައްވާ މަޖިލިހުގެ މެންބަރުންނާ އޮންނަންވީ ގުޅުން ކުޑަވުމެވެ. އެޓޯލްސް މިނިސްޓްރީގެ ވެރިންނާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިންނާ އޮންނަންވީ ގުޅުން ކުޑަވުމެވެ. ކަންތައްތައް ފަހިވެގެންދާނީ އަދި ތަރައްޤީގެ ކަންތައްތައް ކުރިއަށްދާގޮތް އެގޭނީ މި ގުޅުންތައް ބަދަހިވެގެންނެވެ. ރައްޔިތުންނާ ގާތް ގުޅުންތަކެއް އޮވެގެންނެވެ. ކޮންމެ ވެރިއަކީވެސް ތިއީ ރައްޔިތުންގެ ސާވެންޓުން (ޚާދިމުން) ކަން ޤަބޫލުކުރެވިގެން ވެރިކަން ކުރައްވައިގެންނެވެ. އެކިއެކި ބޭނުންތަކުގައި އޮފީހަށްދާ ރައްޔިތުންނަށް ރުންކުރު ޖަވާބުތައް ދެއްވައިގެންނެއްނޫނެވެ. އަދި ވެރިންގެ ތެރޭގައި އެއްބޭފަޅަކު އަނެއް ބޭފުޅެއްގެ ބޮލަށް ކަންތައްތައް ކަނޑާލައްވައިގެން އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ އަގު ވައްޓާލައްވައިގެންނެއް ނޫނެވެ.
މީދޫ ވެރިކަމަށް މިހާރު ތިއްބެވި ބޭފުޅުންނަށްވުރެ ގާބިލު ބަޔަކު އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަމެވެ. އެކަމަށް އިސްނަގާ މިހާރުން ފެށިގެން ރައްޔިތުންގެ މަޤުބޫލުކަން ހޯއްދެވުމަށް ރައްޔިތުންގެ ކުރިމައްޗަށް ނިކުންނަން ކެރޭ ޒުވާނުން ބޭނުންވެއެވެ.މީދޫގައި އެންމެ ފަހުން އިންތިޚާބު ކުރެވުނު ރކ ކޮމެޓީގެ އިންތިޚާބަށްވެސް ކުރިމަތިލައްވާނެ ތަޢުލީމީ ހިންގުންތެރި ޒުވާނުންއޮތީ ނުވެފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމުގެ މަޤާމު އަދާކުރާނެ މީހަކުވެސް ހޯދަން ޖެހެނީ އާދޭސްކޮށްގެންނެވެ. މިހެން މިކަންއޮތްއިރު ވެރިން އިންތިޚާބުކުރާ އިންތިޚާބެއްގައި ވެރިކަމަށް ކުރިމަތިލާނެ މީހަކު ވާނެބާއޭވެސް ހިތަށް އަރައެވެ. މީހުން ވެދާނެއެވެ. ބޭނުންވަނީ މިހާރު ވެރިކަމުގައި ތިބި ބޭފުޅުންނަށްވުރެ ޒުވާން ހިންގުންތެރި އަދި އެކަޑަމިކް ކޮލިފިކޭޝަން މަތި ބައެކެވެ .
Add comment July 26, 2008
މީދޫއަށް ބޭނުންވަނީ އަދިވެސް އިތުރު ޖަމިއްޔާތަކެއް ހެއްޔެވެ؟
މީދޫއަށް ނިސްބަތްވާ 2 ޖަމިއްޔާ މިހާރުވެސް އޮތްއިރު އަނެއްކާވެސް އިތުރު ޖަމިއްޔާއެއް އުފެއްދުމުގެ މަސައްކަތް ހިނގަމުންދާކަމުގެ ޚަބަރު މިނޫހަށްވަނީ ލިބިފައެވެ. މިކަމާއި ބެހޭގޮތުން ޚިޔާލު ހޯދުމަށްޓަކައި މީދޫ ވީކްލީ އިން އިންޓަވިއުކުރި ރަށުގެ ގިނަ ފަރާތްތަކުން ބުނެފައިވަނީ ރަށަށް އިތުރު ޖަމިއްޔާއެއް ބޭނުންނުވާކަމަށެވެ. އަދި ބުނެފައިވަނީ އިތުރު ޖަމިއްޔާއެއް އުފެއްދުމަށްވުރެ މިހާރު ރަޖިސްޓްރީ ކުރެވިފައިހުރި ޖަމިއްޔާތަކުގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް އެޖަމިއްޔާތަކަކީ މުޖުތަމައުއަށް ފައިދާހުރި ކަންތައްތަކެއް ކޮށްދޭ ޖަމިއްޔާތަކަށް ހެދުން މުހިއްމުކަމަށެވެ. އަޅުގަޑުމެންނަށް ހީވެފައި އޮންނަނީ ޖަމިއްޔާތަކަކީ ހަމައެކަނި ކުޅިވަރު ކުރިއެރުވުމަށްޓަކައި އުފައްދާފައިހުންނަ ޖަމިއްޔާތައްހެން” ނޫހުގައި ނަންނުޖެހުމަށް އެދި ރަށުގެ އިސްމީހަކު މިނޫހަށްދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
ޖަމިއްޔާތަކުގެ ހަރަކާތްތައް މިހާރަށްވުރެ ފުޅާކުރެވިދާނެ ގޮތަކާއިބެހޭގޮތުން ސުވާލު ކުރުމުން ގިނަ މީހުން ބުނެފައިވަނީ ޖަމިއްޔާތަކަށް ރައްޔިތުންގެ އިތުބާރު މިހާރަށްވުރެ ބޮޑުކޮށްގެން ނޫނީ ޖަމިއްޔާތައް މިއަށްވުރެ ފުޅާނުކުރެވޭނެކަމަށެވެ. އިތުރު ޖަމިއްޔާއެއް ރަށުގައި އުފެއްދުމާއިބެހޭގޮތުން ތިޔަބޭފޅުގެ އެއްވެސް ޚިޔާލެއްވާނަމަ ތިރީގައިވާ Add Comment ޓެބަށް ކްލިކް ކުރެއްވުމަށްފަހު ބޭނުންފުޅުވާ ޚިޔާލެއް ފޮނުއްވާށެވެ. އެހްނޫނީ news@meedhooweekly.com އަށް ފޮނުއްވަވާ!
1 comment July 14, 2008
މީދޫއަށް އައިސްފައިވާ ތަރަށްގީ މާނަކުރަށްވާނީ ކިހިނެއްހެއްޔެވެ؟

2006ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާގައިވާގޮތުން ސ.އަތޮޅުގައި އިގްތިޞާދީގޮތުން ހަރަކާތްތެރިވާ ފިރިހެނުން އެންމެގިނައީ މީދޫގައެވެ. އެއީ މަސައްކަތްކުރާ އުމުރުގެ 78 އިންސައްތައެވެ. މިނަތީޖާއާއި މީދޫގެ ތަރަށްގީއާ ކޮންމެވެސް ގުޅުމެއްވާނެކަން ޔަގީނެވެ. ނަމަވެސް ސުވާލަކީ މަސައްކަތްކުރާ އުމުރުގެ 78 އިންސައްތަ މީހުން ވަޒީފާ އަދާކުރާ ރަށެށްގެ ކުލަވަރު މީދޫއިން ފެނޭހެއްޔެވެ؟ މިސުވާލުގެ ޖަވާބު ކޮންމެ ގޮތަކަށްދެއްވިޔަސް އަޅުގަޑުމެންގެ މުޖުތަމައުން މިހާރު ފެންނަމުން މިދާ މަންޒަރު ތަކަކީ ތަރަށްގީ މާނަކުރުމުގައި ވިސްނާލަންޖެހޭ ކަންތައްތަކެވެ.
1 comment July 7, 2008







