Posts filed under 'ޚަބަރު'
އެޗް.އެމް.ޖޭ ފެސްޓިވަލް: ވޮލީ މުބާރާތުގެ ފުރަތަމަ މެޗް އެފް.އެމް.ޑީ ކާމިޔާބު ކޮށްފި
ހުޅުދޫ މަސްވެރިންގެ ޖަމްއިއްޔާއިން މިހާރު ކުރިއަށް ގެންދާ ފެސްޓިވަލްގައި ހިމެނޭ ވޮލީ މުބާރާތުގެ ފުރަތަމަ މެޗް ޕޮލިސް ޓީމާއި ބައްދަލުކޮށް ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓް (އެފް.އެމް.ޑީ) ކާމިޔާބުކޮށްފިއެވެ. ހުޅުދޫ ރަސްމީ ދަނޑުގައި އިއްޔެ ހަވީރު 16:00ގައި ކުޅެވުނު މިމެޗްގެ ފުރަތަމަ ސެޓް ގެންދިޔައީ ޕޮލިސް ޓީމެވެ. ނަމަވެސް ދެވަނަ ސެޓް އެފް.އެމްޑީން ކާމިޔާބުކުރުމުން މެޗްގެ ފޯރި އިތުރަށް ގަދަވެގެންދިޔައެވެ. <އިތުރަށް ވިދާޅުވެ ކޮމެންޓް ކުރެއްވުމަށް>
Add comment August 17, 2008
ޝަރީފީ ޕްރީ ސްކޫލްގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތައް ނިމިއްޖެ
ޝަރީފީ ޕްރީ ސްކޫލްގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތައް ރޭ ބޭއްވި ޚާއްސަ ސްޓޭޖް ޝޯއިން ނިމިއްޖެއެވެ. އަހަރީ ދުވަސް ފާހަގަކުރުމުގެ އެއްމެ ފަހު އައިޓަމެއްގެ ގޮތުން ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން ބޭއްވި ސްޓޭޖް ޝޯގައި ސްކޫލްގެ ދަރިވަރުންގެ އިތުރުން ބެލެނިވެރިންވެސް ވަނީ ވަރަށް ފުރިހަމަ އައިޓަމްތަކެއް ހުށަހަޅާފައެވެ.<އިތުރަށް ވިދާޅުވެ ކޮމެންޓް ކުރެއްވުމަށް>
August 17, 2008
އަނެއްކާވެސް ޑްރަގުގެ ނުސާފުވައިން ޖައްވު ކިލަނބުވަނީއެވެ
ރަށުގައި ތިބި ޑްރަގު ބޭނުންކުރާ މީހުން ޑްރަގާއި ދުރުހެލިވެ، މުޖުތަމައު މި ނުރައްކާތެރި ވަބާއިން ސަލާމަތްކުރަން އުޅުމަށްފަހު އަނެއްކާވެސް އޭގެ ތެރެއިން ބަޔަކު މިވަނީ ޑްރަގުގެ ނުސާފު ވައިން ޖައްވު ކިލަނބުކުރަން ފަށާފައެވެ. މިކަން މިވަނީ ރަށުގެ ކުދިބޮޑު އެއްމެންނަށް އެނގޭ ބޮޑުސިއްރެއްގެ ގޮތުގައެވެ. ނަމަވެސް މިކަމާއި ވާހަކަ ދައްކައި މިކަންކުރާ މީހުން ހަމަ މަގައް އަޅުވާނެ މީހަކު ނެތެވެ. މިކަން ކުރާމީހުން އެއްމެންނަށް އެގޭއިރުވެސް އެކަން ހުއްޓުވުމަށް މަސައްކަތް ނުކޮށްތިބުމަކީ ޒިންމާދާރު ގޮތެއްނޫނެވެ. <އިތުރަށް ވިދާޅުވެ ކޮމެންޓް ކުރެއްވުމަށް>
Add comment August 14, 2008
ސިޔާސީ ފެންޑާ: ޑީއާރްޕީން ކުރާ ކެންޕޭންތަކުގައި ފައިސާ ބެހުން

ސުރުޚީގައި ސިޔާސީ ފެންޑާ އޮތުމުން މި ލިޔުމަކީ ޓީވީން މިހާރު ފޮނުވަމުންގެންދާ ސިޔާސީ ފެންޑާގެ ވާހަކަ ކަމަށް ހީވެދާނެއެވެ. ނަމަވެސް އަޅުގަޑު މިދަންނަވަން އުޅޭ ސިޔާސީ ފެންޑާއަކީ ޓީވީން ފޮނުވާ ސިޔާސީ ފެންޑާއަށްވުރެ މާ ފުޅާކޮށް ކުރިއަށް ގެންދާ ސިޔާސީ ފެންޑާއެއްގެ ވާހަކައެވެ. އާދެ! މަލްޓި ޕާޓީ ސިޔާސީ ފެންޑާއެއްގެ ވާހަކައެވެ. އިތުރަށް ވިދާޅުވެ ކޮމެންޓް ކުރެއްވުމަށް
Add comment August 13, 2008
ސަންޓަލްކަޕް ވަގުތުން
ސަންޓަލްކްޕް2008 ގައި މާދަމާ ހަވީރު ކުޅެވޭ މެޗްގެ ލައިވް އަޕްޑޭޓް މީދޫލައިވް.ކޮމްއިން ގެނެސްދެވޭނެ ވާހަކަ ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިމެޗްގައި ބައްދަލުކުރާނީ މުއްސަދުމަންސޫރުގެ ކެޕްޓަންކަމުގައި ކުޅޭ މައިސްޓަރ އާއި އަބްދުﷲސައީދުގެ ކެޕްޓަންކަމުގައިކުޅެވޭ އައިޓެކްގެ ޓީމެވެ. މިމެޗްގެ ލައިވްއަޕްޑޭޓް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4.00ގައެވެ.
Add comment August 12, 2008
އައްޑޫ ފްޓްސަލް ޗެލެންޖް 2008
މިމުބާރާތުގައި އިއްޔެ ކުޅެވުނުފުރަތަމަ މެޗްގައި ބައްދަލުކުރީ ހަނދުފުށީ ޓީމާއި މަރަދޫ ބީ ޓީމެވެ. މިމެޗް 3 ލަޑު 2 ލަޑުން ކާމިޔާބުކުރީ މަރަދޫ ބީޓީމެވެ. މިމެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މަރަދޫ ޓީމްގެ ހުސެން އަބީދެވެ. <އިތުރަށް ވިދާޅުވެ ކޮމެންޓް ކުރެއްވުމަށް>
August 12, 2008
އެއްއާއިލާއެއްގެ 5މީހުންގެ ތެރެއިން 3ދަރިންމެރުމަށްފަހު މަންމައާއި ބައްޕަ ދަންޖެހިއްޖެ
އޮގަސްޓް 10, 2008 އައްޔަ
އަވަށްޓެރި އިންޑިއާގައި އެއްއާއިލާއެއްގެ ފަސް މެމްބަރުންގެ ތެރެއިން 3 ކުދިން މެރުމަށްފަހު މަންމައާއި ބައްޕަ ދަންޖެހިގެން އަމިއްލައަށް މަރުވެއްޖެއެވެ. މިކާރިސާ މިގޮތަށް ހިގަންދިމާވި ސަބަބެއްކަމަށް މީޑިއާތަކުން ބުނަނީ މިފަސް މެމްބަރުންނަށްވެސް އެއިޑްސްޖެހިފައިވާކަން މިއާއިލާގެ މެމްބަރުންނަށް ޔަގީން ކުރެވިފައިވާތީ މިތިންކުދިންގެ މަންމަ އާއި ބައްޕަ ކުރާނެކަމެއް ނޭގިގެން އެކަމާއި ހިތްދަތިވެގެން މިތިން ކުދިންނަށް ޒަހަރުދީ މެރުމަށްފަހު މަންމައާއި ބައްޕަ އަމިއްލައަށް ދަންޖެހުނީކަމަށެވެ. އިންޑިއާގައި އެއިޑްސްޖެހޭމީހުންނާއި މެދު އެޤައުމުގެ ރައްޔިތުން ވަރަށް އިހާނެތި ގޮތަށް އަމަލުކުރަމުންގެންދާކަމީ ހަޤީގަތަކަށްވާއިރު ތިމާގެ އަމިއްލަދަރިއަކަށް ތިމާގެ ލޯކުރިމަތިން އެފަދަކަންތައް ކުރުމަށްވުރެ ތިމާމީހާ އަމިއްލައަށް މަރުވުމަކީ އެންމެ ރަގަޅުގޮތް ކަމަށް ދެކިގެން މިޢާއިލާ މިހާރުމިވަނީ މިދުނިޔެ ދޫކޮށްފައެވެ.
1 comment August 10, 2008
އައްޑޫ ފްޓަސަލް ޗެލެންޖް 2008:މީދޫ ސަންސެޓް ޓީމު ފުރަތަމަ މެޗުން އެއްވަރު
އޮގަސްޓް 10، 2008: ހަސަން ޝާހިދު
ހުޅުދޫ މަސްވެރިންގެ ޖަމްއިއްޔާ (އެޗް.އެމް.ޖޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗްގައި މީދޫ ސަންސެޓް އެފް.ސީ މަރަދޫ އާއި ބައްދަލުކޮށް 2-2 ން އެެއްވަރުވެއްޖެއެވެ. މި މެޗްގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެ މަރަދޫ ޓީމުން ގޯލެއްޖެހި ނަމަވެސް ސަންސެޓް ޓީމުންވެސް ގޯލު ޖަހާނެ ގިނ ފުރުސަތުތަކެއް ހޯދާފައިވެއެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ މަރަދޫ ޓީމުން އެމީހުންގެ ދެވަނަ ގޯލު ކާމިޔާބު ކުރިއެވެ. މި ނަތީޖާއާއެކު ސަންސެޓް ޓީމުގެ ކުޅުން ވަރުގަދަކޮށް ގިނަ ހަމަލާތަކެއް އުފައްދަން ފެށިއެވެ. ޚާއްސަކޮށް ސަންސެޓް ޓީމުގެ ޖާޒީ ނަމްބަރު 8، މިރުފާނުގެ ހަމަލާތައް ވަރަގަދަވުމުގެ ސަބަބުން މަރަދޫ ޓީމު އެއްކޮށް ފަހަތައް ޖެހެން މަޖުބޫރުވިއެވެ. ނަތީޖާއަކަށްވީ ސަންސެޓް ޓީމުން މެޗް ނިމެން އެއްމެ ފަސްމިނެޓަށް ވެފައިވަނިކޮށް ދެ ގޯލު ޖަހައި 2-2 މެޗް އެއްވަރު ކުރުމެވެ. މި މެޗްގެ މޭން އޮފްދަ މެޗްގެ މަގާމު ހޯދާފައިވަނީ ސަންސެޓް ޓީމަށް 2 ގޯލު ކާމިޔާބުކޮށްދިން މިރުފާނުއެވެ. ސަންސެޓް ޓީމު ދެން މި މުބާރާތުގައި ބައްދަލުކުރާނީ މިއަދުގެ ފުރަތަމަ މެޗުން މޮޅުވި ހުޅުދޫ ބެސްޓް ސިލެކްޝަން ޓީމާއެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 12 އޮގަސްޓް 2008 ދުވަހު ހަވީރު 4:00 ގައެވެ.
Add comment August 10, 2008
މީދޫ ބައެއް ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފި
އޮގަސްޓް 10، 2008: ހަސަން ޝާހިދު
ސ.މީދޫގެ ބައެއް ދަނޑުތަކަށް އިއްޔެރޭ ވަގުތެއްގައި ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން މީދޫ ވީކްލީއަށް ޚަބަރު ލިބުމާއި ގުޅިގެން މި ނޫހުގެ ރިޕޯޓަރުން އިއްޔެ ހަވީރު އެ ދަނޑުތަކަށް ޒިޔާރަތް ކުރިއެވެ. ގެއްލުން ދީފައިވާ ދެ ދަނޑަކީ ސ.މީދޫ ދޭލިޔާވިލާ އާއިލާގެ ބޭފުޅުން ހައްދަމުން ގެންދާ ދަނޑަކަށާއި، ސ.މީދޫ ކަޅިހާރު ހަސަން ދީދީ ހައްދަމުންގެންދާ ދަނޑަކަށެވެ. (more…)
1 comment August 10, 2008
ޤަޢުމީޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުންނާއިމެދު ފިޔަވަޅު އަޅާނަން. އެފްއޭއެމް
އޮގަސްޓް 10، 2008: އައްޔަ
އެފްއޭއެމްގެ ޤަވާއިދުތަކާއި އުޞުލުތަކާއި ޚިލާފަށް ދިވެހިރައްޔިތުންގެ ޕާޓީގެ ރިޔާސީކެމްޕޭން ރަސްމީގޮތުން ފެއްޓުމަށްޓަކައި 2008 އޮގަސްޓް 8 ވަނަ ދުވަހުގެރޭ މާލޭ އަލިމަސްކާނިވަލުގެ ސްޓޭޖުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ޤަޢުމީޓީމުގެ ނަމުގައި ބައިވެރިވި ދިވެހި ޤަޢުމީ ފުޓްބޯޅަޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅާނެކަމަށް އެފްއޭއެމްގެ ޗެއަރމަން އަލީ އާޒިމް ވިދާޅުވެއްޖެއެވެ. (more…)
Add comment August 9, 2008





